
"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިބޫ ވަނީ އޭނާ ހިމެނޭހެން ޑިމޮކްރެޓްސްގެ އިސްސަފުގެ ބަޔަކު އެމްޑީޕިއަށް ސޮއިކުރެއްވި ވާހަކަ އެއީ ތެދެއްކަން ކަށަވަރުކުރައްވަފާއެވެ.
އެމްޑީޕީއަށް ސޮއިކުރެެއްވި ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރު ޒިންމާދާރު ކުރެވޭނެ ޕްލެޓް ފޯމެއް އޮތީ އެމްޑީޕީއަށް ދިއުމުން ކަމަށް ދެކިވަޑައިގަންނަވާކަަމަށެވެ.
އެމްޑީޕީ އަށް ބަދަލުވި ޑިމޮކްރެޓްސްގެ އިސްވެރިންނާއެކު އޭނާވެސް މަޝްވަރާކުރެއްވި ކަަމަށާއި ޖުމްލަކޮށް އެންމެގެވެސް ވިސްނުން ހުރި އެފަދައިން ކަމަށް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވިގޮތުގައި އޭނާ ހުރީ މާބޮޑަށް ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް ނިންމާގެން ނަަމަވެސް އެ ނިންމެވުމާގެން ކުރިއަށް ދިޔައީ ހާލަތު ހުރިގޮތުން ކަމަށެވެ.
އިބޫ ގެ އިތުރުން ޑިމޮކްރެޓުން ވަކި ދެން އެމްޑީޕީއަށް ސޮއި ކުރެއްވީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރު އެވެ.
ދަ ޑިމޮކްރެޓްސް އަކީ 2023 ވަނަ އަހަރު އެމްޑީޕީގައި އުފެދުނު ދެބަސްވުންތަކާ ގުޅިގެން އުފެދުނު ޕާޓީއެކެވެ. އެ ޕާޓީން ވަނީ މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވާދަކޮށްފަ އެވެ.