ads
އަލީ އާޒިމް
އެމްޑީޕީ ގޯހެއް ނޫން، ހިންގި ގޮތް ގޯސްވީ: އާޒިމް
އެމްޑީޕީއަކީ ގޯސް ޕާޓީއެއް ނޫން ކަމަށާއި، ނަމަވެސް ޕާޓީ ހިންގި ގޮތުން ބައެއް ކަންކަން ގޯސްވެގެން ދިޔަ ކަމަށް، މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން އާޒިމް މިކަން ސިފަކުރެއްވީ ފުޓްބޯޅަ ކްލަބްތަކުގެ މިސާލު ދައްކަވަމުންނެވެ. އެގޮތުން ލިވަރޕޫލް އަދި މެންޗެސްޓަރ ސިޓީ ފަދަ ކްލަބްތަކަކީ ގޯސް ތަންތަން ނޫން ނަމަވެސް، އެތަންތަން ހިންގަން ތިބޭ ފަރާތްތަކުގެ ސަބަބުން އެ ކްލަބްތައް ފަހަތަށް ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އާޒިމް ވަނީ އެމްޑީޕީއަކީ އަބަދުވެސް އޭނާ ދެކެ ލޯބިވާ ތަނެއް ކަމަށާއި، އެ ޕާޓީން ކުރިން ވަކިވެވަޑައިގަތީ ހާލަތު ނިޔާކުރި ގޮތުން ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ އެންމެ ބޮޑު އެއް ސިޔާސީ މުއައްސަސާ ކަމަށާއި، އެ ޕާޓީގެ ސިޔާސީ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައިވެއެވެ.

މިހާރު އާޒިމް ވަނީ ދަ ޑިމޮކްރެޓްސްއިން އިސްތިއުފާ ދެއްވުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ އެމްޑީޕީގެ ތެރޭގައި ހުރެގެންނެވެ.

  • އެމްޑީޕީއަކީ ގޯސް ޕާޓީއެއް ނޫން ކަމަށް އާޒިމް ވިދާޅުވި
  • ޕާޓީ ހިންގި ގޮތުން ބައެއް ކަންކަން ގޯސްވިކަމަށް ވިދާޅުވި
  • އެމްޑީޕީއަކީ އޭނާ ދެކެ ލޯބިވާ ތަނެއް ކަމަށް ވިދާޅުވި
  • ސިޔާސީ މަސައްކަތް ރަނގަޅަށް ކުރެވޭނީ އެމްޑީޕީގައި ކަމަށް ވިދާޅުވި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް