ads
ޖޮކޮވިޗް
ޖޮކޮވިޗްގެ ކާނާގަ "ވިހަ" މައްދާއެއް އެކުލެވޭކަމުގެ ތުހުމަތު
ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ ކާނާއަށް، އޮސްޓްރޭލިއާއިން "ވިހަ މާއްދާއެއް" އަޅާފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
Advertisement

ޖޮކޮވިޗް ތުހުމަތު ކުރަނީ 2022 ވަނަ އަހަރު، އޮސްޓްރޭލިއަން އޯޕަން ކުޅުމުގެ ފުރުސަތު އޭނާއަށް ނުދީ އޭނާ އެ ގައުމުން ޑީޕޯޓްކޮށްލުމުގެ ކުރިން އޭނާ ޑީޓޭއިންކޮށްފައި ހުރި ދުވަސްވަރު، އޭނާގެ ކާނާއަށް ވިހަ މާއްދާއެއް އަޅާފައިވާ ކަމަށެވެ. ކޮވިޑް ވެކްސިން ޖެހުމާ ދެކޮޅު ހެދުމުން، އޮސްޓްރޭލިއާއަށް އެތެރެވިޔަ ނުދީ ޖޮކޮވިޗް 2022 ވަނަ އަހަރު އެ ގައުމުން ޑީޕޯޓްކޮށްލިއެވެ. ޑީޕޯޓްކޮށްލުމުގެ ކުރިން އޭނާ ހުރީ ޑިޓޭންޝަން ސެންޓަރެއްގައެވެ.

މެލްބަންގައި ޑީޓެއިން ކޮށްފައި ހުރި ދުވަސްވަރުގެ ކާނާއަށް ރިފާކޮށް ޖޮކޮވިޗާ ހަވާލާދީ ރިޕޯޓްތައް ބުނަނީ އޭނާގެ ކާނާއަށް ލެޑް އަދި މާކިއުރީގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރާ ކަމަށެވެ.  

"އަހަރެންގެ ސިއްހީ ބައެއް މައްސަލަތައް ދިމާވި. އަދި އަހަންނަށް ވިސްނުނީ މެލްބަންގެ އެ ހޮޓަލުގައި އަހަރެންނަށް ވިހަވާ ކާނާ ކާންދިންކަން. އަހަރެންނަށް އެނބުރި ސާބިއާއަށް އައިއިރު ބައެއް ހޯދުންތައް ލިބުނު. އަހަރެން ދުވަހަކުވެސް މި ވާހަކަ މީގެ ކުރިއަކުން ނުދައްކަން. އެކަމަކު ހޯދުންތަކަކީ އަހަރެންގެ ގައިގައި ހެވީ މެޓަލްގެ މިންވަރު ވަރަށް މަތީ މިންވަރެއް". އުމުރުން 37 އަހަރުގެ ޖޮކޮވިޗް ބުރާސްފަތި ދުވަހު ޖީކިއު މަޖައްލާއަށް ދިން ދިގު އިންޓަވިއުއެއްގައި ބުންޏެވެ. އޭނާގެ ކާނާ ތަޣައްޔަރުވެފައިވާ ކަމަށް ގަބޫލުކުރަންތޯ ސުވާލު ކުރުމުން ޖޮކޮވިޗް ބުނީ "އެއީ ހަމައެކަނި ގޮތް" ކަމަށެވެ.

ޖޮކޮވިޗްގެ މި ތުހުމަތުތަކާ ގުޅިގެން ކޮމެންޓް ކުރަން އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުންވަނީ ދެކޮޅު ހަދާފައެވެ. އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއާޒްގެ ތަރުޖަމާނަކު ވިދާޅުވީ ވަކިވަކި މައްސަލަތަކާ ގުޅޭ ގޮތުން "ޕްރައިވެސީ ސަބަބުތަކާ ހުރެ" އެއްޗެއް ނުބުނެވޭނެ ކަމަށެވެ.

އެކަމަކު ސަރުކާރުން ބުނާ ގޮތުގައި އޭނާ ބެހެއްޓި ޕާކް ހޮޓަލާ އެކު ލީސް އެގްރީމަންޓެއްގައި ބަންދުގައި ތިބި މީހުންނަށް ތާޒާކޮށް ކައްކާ، ވަކިވަކިން ކާންދިނުމުގެ ފުރިހަމަ އިންތިޒާމްތައްވާނީ ހަމަ ޖައްސާފައެވެ. އަދި ކެޓަރިންގެ ހުރިހާ މުވައްޒަފުން ވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ސެޓްފިކެޓްތައް ހާސިލްކޮށްފައިވާ ސެޓިފައިޑް މުވައްޒަފުން ކަމަށް ސަރުކާރުން ބުންޏެވެ. އަދި، ބަންދުގައި ތިބި މީހުންނަށް ކޮންމެ ކެއުމެއްގައި ފޯރުކޮށްދޭ ކާބޯތަކެތީގެ ސާމްޕަލްތައް ބަންދުކުރުމުގެ ހިދުމަތުގެ ޒިންމާ އުފުލާ ކޮންޓްރެކްޓަރަށް އެ ހޮޓަލުން ފޯރުކޮށްދެމުން ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް