ads
އީސީގެ މެމްބަރުން
އޮޅުވާލައިގެން ފިއްޓޭ ޕީއެންސީއަށް ވެއްދުމުން ފިޔަވަޅު އަޅާނަން: އީސީ
އެމްޑީޕީ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފިއެވެ.
Advertisement

އީސީން ނެރުނު ބުނީ މެމްބަރު ހުސައިން ޒިޔާދު ޕީއެންސީއަށް ބަދަލުކުރިކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން އެ ފޯމު ބާތިލްކުރި ކަމަށެވެ. އަދި މި ކަމާ ގުޅިގެން މެމްބަރު ހުސައިން ޒިޔާދު މެމްބާޝިޕް ހައިސިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށްވެސް އީސީން ނެރުނު ބަޔާނުގައިވެއެވެ. އަދި އޮޅުވާލައިގެން މެމްބަރު ހުސައިން ޒިޔާދު ޕީއެންސީއަށް ވެއްދުމުން ފިޔަވަޅު އަޅާނެކަމަށްވެސް އީސީގެ ބަޔާނުގައިވެއެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ހުސައިން ޒިޔާދު، އެ ބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށް ޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މި ކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަން" އީސީގެ ބަޔާނުގައިވެއެވެ.

މެމްބަރު ހުސައިން ޒިޔާދު އަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލާގައި އެމްޑީޕީގެ އިސްވެރިން ވަނީ އިލެކްޝަން ކޮމިޝަނަށް ގޮސް އެ ކޮމިޝަންގެ އިސްވެރިންނާއި ބައްދަލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް