ސްވިމިން އެސޯސިއޭޝަންގެ ފަރާތުން ބާއްވާ ފުރަތަމަ އިންޓަ އޮފީސް ސްވިމިން މުބާރާތް ބާއްވަން ނިންމާފައިވަނީ، އަންނަ މަހުގެ 17 އިން 22 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ސްވިމިން އެސޯސިއޭޝަނުން މުބާރާތުގެ ގަވައިދު މިހާރު އާއްމުކޮށްފައިވާއިރު، މުބާރާތް އޮންނާނީ އަންހެން އަދި ފިރިހެން ބައި ވަކިންނެވެ. މުބާރާތުގެ ގަވައިދު އޮތީ ބިދޭސީ ފެތުންތެރިންނަށްވެސް ޓީމުގައި ބައިވެރިވެވޭ ގޮތަށެވެ.