ads
މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަންތައް ވަގުތީ ގޮތުން ހަދަނީ
ޕަމްޕުތައް ހަލާކުވިތާ 5 މަސްވީ ވާހަކަ އެއީ ބޮޑު ދޮގެއް: މުއްތަލިބް
މާފަންނު ސަހަރާގައި ހުރި ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަންތައް ހަލާކުވެފައި ހުންނަތާ ފަސް މަސް ދުވަސް ވެދާނެ ކަމަށާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވާހަކަތަަކަކީ ދޮގެއްކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު އެ ސަރަހައްދުގައި ހުރި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވޭކަމަށް މިނިސްޓަރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރުގެ މިވާހަތަކަށް ރައްދުދެއްވަމުން މާލޭ މޭޔަރު އާދަމް އާޒިމް ވަނީ މާފަންނު ސަހަރާގައި ހުރި ސްޓޯމް ވޯޓާ ޕަމްޕް ސްޓޭޝަންތައް ހަލާކުވެފައި ހުންނަތާ ފަސް މަސް ދުވަސް ވެދާނެ ކަމަށާއި އެކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ސަމާލުކަމަށް ގެނައިކަމަށެވެ.  

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވަނީ މޭޭޔަރު އާޒިމް ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައެވެ. މުއްތަލިބް ވިދާޅުވީ މާފަންނު ސަހަރާގެ ޕަމްޕް ސްޓޭޝަންގެ އައުޓް ފޯލުން އޭގެ ކުރީ ހަފްތާގައި ފެން ބޭރުވާ ތަނުގެ ވީޑިއޯވެސް އެބަހުރިކަމަށެވެ. އަދި އެތަން ފެންސް ޖަހާ ބައްދާފައި ހުރި ނަމަވެސް އޭގެ ކުރީ ހަފްތާގައި އެ ޕަމްޕް ސެޓޭޝަން މަސައްކަތް ކުރިކަމުގެ ޔަގީންކަން އެބައޮތްކަމަށް މުއްތަލިބް ވިދާޅުވިއެވެ. 

މާފަންނު ސަހަރާގެ ޕަމްޕް ސެޓޭޝަންގެ ކަރަންޓް ސަމާނުތައް ވަގަށް ނަގާ އެތަން ހާލުކުކޮށްލާފައިވާކަމަށް މޭޔަރު އާޒިމް ދެއްކެވި ވާހަކަތަކަށްވެސް މިނިސްޓަރު މުއްތަލިބް މިއަދު ވަނީ ރައްދުދެއްވާފައެވެ.

" އެ ވިދާޅުވާ ގޮތަށް އެއްވެސް އިލެކްޓްރޯނިކްސް އެއް ވަގަށް ގެންގޮސްފައި އެއްވެސް ނެތް. ހަމަ އަޅުގަނޑުމެންނަށް އެބޭފުޅުން ޕެނަލް ބޯޑު އެއްޗެހި ނަގާ ހަމަ ދުރުގައި ބާއްވާފައި އޮތީ. އެއީ ހަމަ އަޅުގަނޑުމެން ގޮސް ޕެނަލް ބޯޑު ގުޅާ ކަނެކްޝަން ހެދީމަ ހަމަ ބަރާބަރަށް ވޯކްކުރޭ، ހަމަ އިރުކޮޅެއްގެ ތެރޭގައި އެތަނުގެ ފެން ހިނދިގެންވެސް ދިޔަ،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޕަމްޕު ސްޓޭޝަންތައް ބެލެހެއްޓުމަށް އެމްޑަބްލިޔުއެސްސީ އާ އެކު ހަދާފައިވާ އެއްބަސްވުން 5 މަސްކުރިން ހަމަވެފައިވާކަމަށެވެ. އެހެންނަމަވެސް އެ ކުންފުނިން ބަރާބަރަށް ނެޓްވޯކް ސާފުކޮށް ނުބަލާތީ އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރަން ނިންމިކަމަށާއި އެއީ ސީދާ އޭނާގެ ނިންމުމެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް