ads
މާޒިޔާގެ އާ ކޯޗު ލުއިސްމާ ހެނާންޑޭޒް
މާޒިޔާއަށް އަނެއްކާވެސް އާ ބިދޭސީ ކޯޗެއް
ރާއްޖޭގެ ޗެމްޕިއަން، މާޒިޔާއާށް އަނެއްކާވެސް ބިދޭސީ އާ ކޯޗެއް ހަމަ ޖައްސައިފިއެވެ.
Advertisement

މާޒިޔާއަށް މި ފަހަރު ހަމަ ޖެއްސި ކޯޗަކީ، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެކަޑަމީ ޕްރޮޖެކްޓްތަކުގައި ކުރިން މަސައްކަތް ކުރި ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް އެވެ. އުމުރުން 52 އަހަރުގެ މި ކޯޗު އެއްނެމ ފަހުން މަސައްކަތް ކުރީ، ލިތުއޭނިއާގެ ދެވަނަ ޑިވިޝަނުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒިޔާގެ އާ ކޯޗު، ލުއިސްމާވަނީ އުޒްބެކިސްތާންގެ ޕްރޯ ލީގުގެ ކްލަބް، މެޓަލާގް ބީކޭ އާއި ކުވައިތުގެ ޕްރިމިއާ ލީގުގެ ކްލަބް، އަލް ޔަރްމޫކަށް ކުރިން ކޯޗުކޮށްދީފައެވެ.  

މާޒިޔާ އަކީ ދެކުނު އޭޝިއާގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. މާޒިޔާއިން ބިދޭސީ ކޯޗުންގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރީ ޔޫރަޕްގެ ބަލަކަން ސަރަހައްދަށް ނިސްބަތްވާ ކޯޗުންނެވެ. ލުއިސްމާ އަކީ އެ ސަރަހައްދު ބޭރުން މާޒިޔާއާ ހަވާލުވާ ފުރަތަމަ ކޯޗެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް