މިނިސްޓަރު އިހުސާން ވިދާޅުވީ އިބުރޭ ކުރައްވާފައިވާ ތުހުމަތަކީ އެއްވެސް ހަގީގަތެއް ނެތް، އަދި މިހާތަނަށް އެފަދަ ކަމެއް ހިތަށްވެސް ގެންނެވި ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ބޮޑެތި ދޮގު ތުހުމަތުތައް ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ސިޔާސަތުތަކުގެ ރަނގަޅު ވާހަކަ ދެއްކެވުމަށް ވަގުތު ހޭދަކުރުން މާ ރަނގަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބުރޭ ކުރެއްވި ތުހުމަތުގައި ވިދާޅުވެފައިވަނީ މިއަހަރު 18 އަހަރު ފުރޭ ކުދިންގެ މައުލޫމާތު ޑީއެންއާރުން ހޯދައި، މިނިސްޓަރު އިހުސާނުގެ ބެލުމުގެ ދަށުން އެކުދިންގެ ނަމުގައި ފޯމުތައް ފުރައި، 18 އަހަރު ވުމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ޕީއެންސީ އޮފީހުގައި ތައްޔާރުކޮށްފައި ހުރި ކަމަށެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މިފަދަ ކޮންމެ ދޮގު ވާހަކައަކަށް ޖަވާބު ދިނުމުގެ ވަގުތު ނުވަތަ ފުރުސަތު ނުލިބިދާނެ ކަމަށެވެ.