ads
އެމްޑީޕީގެ އިސްވެރިން
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި ގާނޫނީ އެހީތެރިކަން ދޭން އެމްޑީޕީން ނިންމައިފި
އެކި ސިޔާސީ ޕާޓީތަކަށް މީހުންނަށް ނޭނގި ވައްދަމުންދާ މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެން، އެފަދަ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.
Advertisement

އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޮޅުވާލައިގެން ޕާޓީތަކަށް ވައްދާފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުކުރުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލަ ވަނީ ހުށަހެޅިފައެވެ. މި މައްސަލަ އެންމެ ފަހުން ފާހަގަވެފައިވަނީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، އޭނާއަށް ނޭނގި ޕީއެންސީއަށް ބަދަލުކުރި މައްސަލައިގައެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެންބަރުން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށާއި، މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް