ads
އިންތިހާބެއްގައި ވޯޓްލަނީ
ޕާޓީތަކަށް މެމްބަރުން ވެއްދުން އީސީން ހުއްޓާލައިފި
ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުން އިލެކްޝަންސް ކޮމިޝަނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
Advertisement

ޕާޓީތަކަށް މެމްބަރުން އިލެކްޝަންސް ކޮމިޝަނުން މި ހުއްޓާލީ ވެރިކަން ކުރާ ޕީއެންސީއަށް އޮޅުވާލައިގެން އެތައް ބަޔަކު ވެއްދިކަމުގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ. 

އީސީން މިރޭ ބުނީ ބުނީ، ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް "މައިޕޯޓަލް" މެދުވެރިކޮށް ޕާޓީން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިޔަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

ވެރިކަން ކުރާ ޕީއެންސީއަށް މީހުން ވެއްދުމަށް ސައްހަ ނޫން ފޯމްތަކެއް ހުށައަޅާފައިވާތީ އެކަމުގައި ޒިންމާވާ ފަރާތް ބަލާ އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ސައްހަ ނޫން ފޯމްތަކެއް ހުށައަޅާފައިވާކަމަށް އެޕާޓިން އިއްޔެ ވަނީ އެއްބަސްވެފައެވެ. އަދި އެ މައްސަލަ ބަލަމުން އަންނަކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ. 

ރައްޔިތުން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިންވެސް ވަނީ ބުނެފައެވެ. އަދި މި ނޫންވެސް ބައެއް މީހުންނަށް ނޭނގި އޮޅުވާލައިގެން ޕީއެންސީއަށް ވައްދާފައިވާކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް