ބައްސާމްގެ ވަކީލު ކޭސް ދޫކޮށްލައިފި
އަހުމަދު ހަސަން
16 ޖެނުއަރީ 2025 - 10:16:08
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ގާނޫނީ ވަކީލް، އޭނާގެ ކޭސް ދޫކޮށްލައި މައްސަލައިން ތަނާޒުލް ވެއްޖެއެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ މައްސަލަތަކުގައި ބައްސާމްގެ ވަކީލެއްގެ ގޮތުން ކޯޓަށް ދިޔައީ، މަޝްހޫރު ގާނޫނީ ވަކީލް އިބްރާހީމް ޝަމީލްއެވެ.
އެހެންނަމަވެސް ޝަމީލް މައްސަލަ ދޫކޮށްލުމުން، މިއަދު ކްރިމިނަލް ކޯޓަށް ބައްސާމް ދިޔައީ އެކަންޏެވެ. ކޯޓުންވަނީ އޭނާއަށް އާ ވަކީލެއް އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް މިއަދު ދީފައެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ހައެއްކަ މައްސަލަ ކޯޓުގައި ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން ހިޔާނާތުގެ ފައިސާއިން ހޯދާފައިވާ ކަމަށް ބެލެވޭ ބައްސާމްގެ އަގުބޮޑު ޕެންޓްހައުސް ދައުލަތަށް ނަގަންވަނީ އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް