އެ މައްސަލާގައި ހައްޔަރުކުރީ ގ. ބެރުގެ، މުހައްމަދު ނަވީން، 44 އެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށްވަނީ 15 ދުވަސް ޖަހާފައެވެ. ކުރިންވެސް އޭނާވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އޮޅުވާލައިގެން ތިން މީހަކު ގެއަކަށް ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގައި ނަވީން ހިމެނެއެވެ.