
ވިއްސާރަވެ މާލޭގައި ފެންބޮޑުވެފައި
ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރައާއި އެކު ވައިގަދަވާނެ
ގުފްތަގް އަޖީރު
17 މޭ 2025 - 15:23:23
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވެ، ގުގުރާ، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓުން) އިން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވިއްސާރައިގައި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ ކަނޑުތައް ގަދަވެއްޖެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިއަދު މެޓް އޮފީހުން ވަނީ ހެނދުނު 8:05 އިން މެންދުރު 12 އަށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓްގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ހުރިހާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ ދިއުޓީ ފޯކާސްޓަރުގެ ނަންބަރު 3323084 އަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް