ads
އިލެކްޝަނަށް ކޮމިޝަނަށް އައްޔަންކުރން މަޖިލީހުން ރުހުންދިން ސޮލާހާއި ޒާހިދު
އިލެކްޝަނަށް ކޮމިޝަނަށް އައްޔަންކުރީ ސޮލާހާއި ޒާހިދު
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެމްބަރުކަމަށް  މުހައްމަދު ޒާހިދާއި އަބްދުއްރަހްމާން ސަލާހް ރަޝީދު އައްޔަންކުރަން މަޖިލީހުން މިއަދު ރުހުން ދީފިއެވެ. 
Advertisement

ޒާހިދާއި ސޮލާހް އީސީއަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ ކުރީގެ މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އީސީގެ މެމްބަރުކަމަށް އައްޔަންކުރަން ފާސްވީ 68 ވޯޓުންނެވެ.  ކޮމިޓީ މަރުހަލާގައި ޒާހިދަށް ވަނީ 93.80 އިންސައްތަ މާކްސް ލިބިފައެވެ. 

ހޯމް މިނިސްޓްރީގެ އިސް މަގާމުތަކެއް  ފުރުއްވާފައިވާ އަބްދުރަހުމާން ސޮލާހުއ ކޮމިޝަނަށް އައްޔަން ކުރަން 68  މެމްބަރުން ވޯޓު ދެއްވިއެވެ.  އޭނާއަށް ކޮމިޓީން މަރުހަލާގައި  91.40 އިންސައްތަ މާކްސްވަނީ  ލިބިފައެވެ. 

އީސީގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ. އެ ދެ މެމްބަރުންގެ މައްޗަށް ކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެ، ގާނޫނާ ހިލާފު އެތައް ކަމެއް ކުރިކަމުގެ ބޮޑެތި ތުހުމަތުކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް