ads
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމް ކެމްޕޭން ޖަލްސާއެއްގައި - ފޮޓޯ: އެމްޑީޕީ
ޗެއާޕާސަން އިންތިހާބު ފަސްކުރުމާ މީކާއިލް ދެކޮޅު!
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވާނެ ފައިސާ ނެތުމާއި ޕާޓީގެ އެތެރޭގެ ބައިބައިވުން ބޮޑުވެ މަސްލަހަތު ގެއްލިދާނެތީ، ޗެއާޕާސަން ހޮވުމުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްއަފޫރު މޫސާ (ގަޕޯ)ގެ ހުށަހެޅުއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމް މިރޭ ދެކޮޅު ހައްދަވައިފި އެވެ.
Advertisement

އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުން ވަގުތީ ޗެއާޕާސަނަކު އައްޔަންކޮށް، އެ މަގާމަށް މީހަކު ހޮވުމަށް އަންނަ 12 ޖޫންގައި އިންތިހާބު ބޭއްވުމަށް އެ ޕާޓީން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. 

ނަމަވެސް އެ އިންތިހާބު ފަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް، ވަގުތީ ޗެއާޕާސަންކަން ކުރައްވަމުން ގެންދަވާ އަބްދުލްގަފޫރު މޫސާ މިރޭ ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މީކާއީލް ވިދާޅުވެފައިވަނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް އިންތިހާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށާއި، ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދަންޖެހޭ،" އޭނާ ވިދާޅުވި އެވެ.


ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު ނަޝީދުގެ ފެކްޝަނުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާނުކުރައްވައިފައެވެ. "ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.

ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފަ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;