ads
މޭޑޭ ފާހަގަކުރަން ޓްރޭޑް ޔޫނިއަންތަކުން ބޭއްވި މުޒާހަރާ - ފޮޓޯ:އެމްޔޫޓީސީ
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހިނގާލުމެއް ބާއްވައިފި
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހާއްސަ ހިނގާލުމެއް ކުރިއަށް ގެންގޮސްފި އެވެ.
Advertisement

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ޖަމިއްޔާތަކުން އަދި ސަރުކާރުން އިސް ނަގައިގެން ވެސް މިއަދު ހިނގާލުމެއް ކުރިއަށް ގެންދިޔަ އެވެ.

މަސައްކަތްތެރިންގެ ޖަމިއްޔާތަކުގެ ޔޫނިއަން، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) އަދި އެކިއެކި ޔޫނިއަންތައް ގުޅިގެން ބޭއްވި މުޒާހަރާގައި އެމްޓީޔޫސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަދު ބޭއްވި މުޒާހަރާގެ މަގުސަދަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރުން ކަމަށެވެ. މަސައްތެރިންގެ ފަރާތުން އޭނާ ސަރުކާރަށް ގިނަ ޑިމާންޑްތަކެއް ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ ޓޫރިސްޓް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފުތާއަކު ދެ ދުވަސް އޯފް ގެ ގޮތުގައި ކަނޑައަޅައިދިނުމަށް، އަޅުގަނޑުމެން މި ގޮވާލަނީ ޓޫރިޒަމް ދާއިރާގައި ކެޝުއަލް ކުރުން ނުވަތަ ކޮންޓްރެކްޓް ލޭބަރުން ނޫނީ އައުޓްސޯސްކުރުން ހުއްޓާލުމަށް، އައުޓްސޯސްކުރީމާ ވާގޮތަކީ ވަރަށް ގިނަ މުވައްޒަފުންގެ ހައްގުތައް ނިކަމެތިވެ، ލިބެންޖެހޭ އުޖޫރަ އާއި ހަމަ މުސާރަ ނުލިބެނީ،" މައުރޫފް ވިދާޅުވި އެވެ.

your imageސަރުކާރުން މިއަދު ބޭއްވި މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ/ޕީއެސްއެމް


މި ދުވަސް ފާހަގަކުރަން ސަރުކާރުގެ މުއައްސަސާތަަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތައް އަދި ސިވިލް ސަާވިސްގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ. ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި ސަރުކާރުގެ ބައެއް ވަޒީރުން އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

your imageމި ހިނގާލުމުގައި ސަރުކާރުގެ މުއައްސަސާތަަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެފަ


ހިނގާލުމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިން" ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)ގެ ދަށުގައި ހިމެނޭ ޖަމިއްޔާތަކުން ބައިވެރިވެގެން ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހު ހިނގާލުން ބާއްވަ އެވެ.

ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކުރާ އެ ހިނގާލުމަށް މިދިޔަ އަހަރު ފުލުހުން ވަނީ ހުރަސްއަޅައިފަ އެވެ. އެކަމަކު މިއަދުގެ ހިނގާލުމަށް ހުރަހެއް ނާޅަ އެވެ. 

އެ އެއްވުމުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއަދުގެ ހިނގާލުން ބޭއްވީ މަސައްކަތްތެރިންގެ އަގުވަޒަންކުރައްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާތީ ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ބައްޓަންކުަރަައްވަން ރައީސް އެދިވަަޑައިގަންނަވަނީ މަސައްކަތްތެރިންގެ އުއްމީދުތަަކަށް ހައްލު ލިބޭނެ ގޮތަކަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. 

"ދެން [ސުވާލަކަށް] މިއޮތީ ކޮންކަމެއްހޭ ސަރުކާރުން ކުރީ؟ މިސާލަަކަށް ސަރުކާރުން ކުރި މަސައްކަތްތައް ވަރަށް ގިނަ، ރާއްޖޭގެ އިގުތިސާދީ ހުރިހާ ސިނާއަތްތަކަކާ ގުޅިފައި މިވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި މަސައްކަތްތެރިންގެ ކުރިއެރުމަށް ކުރެވޭ މަަސައްކަތްތައް،" ސައީދު ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ގައުމެއް ކުރިއަރައި ދިއުމުގައި މަސައްކަތްތެރިންގެ މަސައްކަތާއި އެ މީހުންވާ ގުރުބާނީގެ އަގު ވަޒަންކުރުމެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;