ads
ރާއްޖޭގެ ފަޅުރަށްތަކެއް
ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށް ދޭން ރައީސް ނިންމަވަައިފި
ކައުންސިލްތަކަށް ފަޅުރަށްތަށް ލިބޭ ގޮތަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން ، ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ފަޅުރަށްތަށް ހަވާލުކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އެވެ.

މިނިސްޓާ މައުލޫމާތު ދިން ގޮތުގައި ބައެއް ފަޅުރަށްތަށް ހަވާލުކުރުމުގެ މަސައްކަތް މިިނިސްޓްރީ އޮފް ފިނޭންސް އަދި ޕްލޭނިން އާ ގުޅިގެން ކުރިއަށް ގެންދާނެކަމަށް ވިދާޅުވިި އެވެ.

ފަޅުރަށްތަށް ހަވާލުކުރާ ރަށްތަށް:

  • ރ.އިނގުރައިދޫ ކައުންސިލުން - ރ.ނެޔޮ
  • ދ. އަތޮޅު ކައުންސިލުން - ދ.މިނިމަސްގަލި، ފެންފުށި
  • ލ. މާވަށް ކައުންސިލްއިން - ލ.މޮޑުމާބުޅަލި

މިނިސްޓަރު ވަނީ ރ. އިނގުރައިދޫ، ދ. އަތޮޅު އަދި ލ.މާވަށު ކައުންސިލް އަށާއި ހުރިހާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަކީ އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަމަށް މިނިސްޓާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ކައުންސިލްތަކަށް ފަޅުރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ނިންމަވާފަ އެވެ. 

މީގެ އިތުރުން، ކައުންސިލްތަކަށް އެ ރަށަކުން ނަގާ ޓެކުހުގެ 10 ޕަސަންޓު ލިބޭނެ ނިޒާމެއްވެސް ވަނީ އިއުލާންކޮށްފައެވެ. މި ފިޔަވަޅުތަކަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް