ads
ރައީސް ޔާމިން އަދި އުމަރު ނަސީރު ފުލުހުންގެ ހަފްލާއެއްގައި
ރައީސް ޔާމިންގެ ފާޑުކިޔުން ފުލުހުންނަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދިވެހި ފުލުހުންނަށްހަރުކަށި އިބާރާތުން ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނު ވިދާޅުވެފައިވަނީ ފުލުހުންނަކީ ގާނޫނީ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ކުރާ ބައެއް ނޫން ކަމަށެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންނަކީ ނިވާފަތްގަނޑެއްގެ ދަށުގައި ކަނޑިކި އަދެގެން ތިބި ބައެއް ކަމަށެވެ.

"ގައުމުގައި މިހާރު ހިނގަމުންދާ ބޮޑެތި ވައްކަންތަކާއި ކަރަޕްޝަންގެ އަމަލުތަކުން ފުލުހުން ރެކިފައިވާ،" ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ "ޑީއެންއާރުގެ މައުލޫމާތުތައް ވަގަށް ނަގައިގެން" ސަރުކާރު ހިންގާ ޕާޓީއަށް މެންބަރުން ވެއްދުމުގެ މައްސަލައިގައި ފުލުހުން އަޅާ ފިޔަވަޅުތަކާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ފުލުހުން އިސްނަގަމުން ނުދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނެގުމަކީ މައުލޫމާތު ލޯންޑާ ކުރުން ކަމަށާއި، އެއަށްވުރެ ބޮޑު ޖިނާއީ ކުށެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި،" އެވެ.

މިފަދަ ކަންކަމުން ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

  • ފުލުހުންނަކީ ގާނޫނީ މަސައްކަތްތައް ނުކުރާ ބައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި
  • ފުލުހުންނަކީ ނިވާފަތްގަނޑެއްގެ ދަށުގައި ކަނޑިކި އަދެގެން ތިބި ބައެއް ކަމަށް ވިދާޅުވި
  • ޑީއެންއާރުގެ މައުލޫމާތު ވަގަށް ނެގުމުގެ މައްސަލަ ބެލުމަށް ފުލުހުން އިސްނުނަގާ ކަމަށް ފާހަގަކުރެއްވި
  • މައުލޫމާތު ލޯންޑާ ކުރުމަކީ އެންމެ ބޮޑު ޖިނާއީ ކުށް ކަމަށް ވިދާޅުވި
  • ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެންދާނެ ކަމަށް ވިދާޅުވި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް