މި ހާދިސާގައި އެމްޓީސީސީގެ ވިލިމާލެ ފެރީ އޮޕަރޭޓްކުރަމުންދިޔަ މުވައްޒަފުން ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީން މިކަމާ ގުޅިގެން ބުނީ، މި އޮޕަރޭޝަނުގައި އެ ކުންފުނީގެ މުވައްޒަފުން ދެއްކި ހިތްވަރާއި ވިސްނުންތެރިކަމާމެދު އެ ކުންފުނިން ފަހުރުވެރިވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކަށް އަބަދުވެސް ތައްޔާރަށް ތިބުމަށްޓަކައި، އެ ކުންފުނީގެ ޓީމަށް ސަލާމަތާއި ސަލާމަތްކުރުމުގެ ތަމްރީނު ދެމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވެސް ވަނީ އެމްޓީސީސީގެ މުވައްޒަފުންގެ މަސައްކަތުން އޮޔާދަމައިގެން ދިޔަ މީހުން ސަލާމަތްކުރެވުނު ކަން ކަށަވަރުކޮށްދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;