މިގޮތަށް ނިންމީ މި ކުލައިގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އޮތްކަން ދިރާސާތަކުން ދައްކާތީއެވެ.
އެމެރިކާގެ އެފްޑީއޭ އިން ބުނީ ކާބޯތަކެތި އުފައްދާ ފަރާތްތަކަށް 2027 ވަނަ އަހަރާ ހަމައަށް، އަދި ބޭސް އުފައްދާ ފަރާތްތަކަށް 2028 ވަނަ އަހަރާ ހަމައަށް މި ކުލަ ބޭނުންކުރުން ހުއްޓާލުމަށް މުއްދަތު ދީފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެހެން ބާވަތްތަކުގެ ކުލަ ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރެވޭނެއެވެ.
މި ކުލައަކީ 1990 ގައި ކޮސްމެޓިކްސްގައި ބޭނުންކުރުން މަނާކުރެވިފައިވާ ކުލައެކެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭހުގައި ބޭނުންކުރުން ހުއްދަކުރެވިފައި އޮތެވެ. ގިނަ ސިއްހީ ޖަމިއްޔާތަކުން މި ކުލަ މަނާކުރުމަށް ގޮވާލަމުން އައި ކަމަށް އެފްޑީއޭ އިން ބުނެއެވެ.
މި ކުލަ މަނާކުރުމާ ގުޅިގެން މެޓާ، ފޮނިކާތަކެތި އަދި ބައެއް ބޭސްތައް އުފެއްދުމަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. މީގެ ބަދަލުގައި ގުދުރަތީ ކުލަތައް ކަމަށްވާ ބީޓްރޫޓް އާއި އެނަޓޯ ފަދަ ތަކެތި ބޭނުންކުރެވިދާނެ ކަމަށް އެފްޑީއޭ އިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;