ރައީސް މިފަދައިން ވިދާޅުވީ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސްކުރެއްވި އެވެ. އަދި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަތަލުންނަށް ހެޔޮދުއާކޮށްދެއްވި އެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެކު ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ގަބޫލުކުރި މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;