ads
ބިދޭސީންގެ މައުލޫމާތު ނަގަން މާލޭގައި ބޮޑު އޮޕަރޭޝަނެއް
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން "ކުރަނގި" އޮޕެރޭޝަން މިއަދު މާލޭގައި ފަށައިފިއެވެ.
Advertisement

ހޯމް މނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް މި މަސައްކަތް ކުރިޔަށްދާނެކަމަށެވެ. އަދި މިކަމުގައި 75 އޮފިޝަލުންގެ ޓީމެއް ހަރަކާތްރެިވާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

މާލޭ ސަރަހައްދުގައި ކުރިޔަށްދާ މި އޮޕަރޭޝަންގައި ތައުލީމީ ދާއިރާައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. 

މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައިވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދަު ކުރަމުންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

your imageބީދޭސީންގެ މައްސަލަ ހައްކުކުރުމަށް ހިންގާ ކުރަނގި އޮޕަރޭޝަންގެ ތެރެއިން 

އޮޕަރޭޝަން "ކުރަނގި" ފެށިފަހުން މިހާތަނަށް 18919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 194 ރަށެއްގައި މަސައްކަތް ފަށައި 50 ރަށެއްގައި އެ މަސައްކަތް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް