ads
ގައްދޫގައި އޮންނަ ކަލެގަލެކޮޑާ ރާޅު މުބާރާތް ކެންސަލް
ގައްދޫގައި އޮންނަ ކަލެގަލެކޮޑާ ރާޅު މުބާރާތް ކެންސަލް
ގދ. ގައްދޫގައި އޮންނަ ދިވެހި ސަރފް ލީގްގެ ކަލެގަލެކޮޑާ ރާޅާ އެޅުމުގެ މުބާރާތް ކެންސަލް ކޮށްފިއެވެ.
Advertisement

ކަލެގަލެކޮޑާ މުބާރާތަކީ ދިވެހި ސަރފް ލީގްގެ މި އަހަރުގެ ފުރަތަމަ މުބާރާތެވެ. އަންނަ މަހު ކުރީކޮޅު ބާއްވަން ތާވަލުކޮށްފައިވާ މި މުބާރާތް ކެންސަލް ކުރީ މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިވެންޓްގެ ހޯސްޓިން ޕާޓްނަރ، ގދ. ގައްދޫ ކައުންސިލް އިދާރާގެ މާލީހާލަތު ހުރިގޮތުންނެވެ. 

މި މުބާރާތް ކުރިން ކުރިއަށް ގެންދިޔައީ ގައްދޫ ކައުންސިލްގެ ބޮޑު އެހީތެރިކަމަކާއެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

ސަރފިން އެސޯސިއޭޝަނުން ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ގައްދޫ ކައުންސިލަކީ އެޖަމިއްޔާ އާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ދިވެހި ސަރފްލީގް ވުޖޫދަށް ގެނައުމުގައި މުހިއްމު ބައިވެރިއެކެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އޮމާންކަމާއި ކާމިޔާބުކަމާއެކު ކަޅެގަލެކޮޑާ މުބާރާތް ނިންމާލުމުގައި އެންމެބޮޑު ހިއްސާއެއް ވާ ފަރާތަކީ ގައްދޫ ކައުންސިލްކަމަށް އެ ޖަމިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ކަލެގަލެކޮޑާ މުބާރާތް ކެންސަލްވުމުން ދިވެހި ސަރފް ލީގުގެ ފުރަތަމަ އިވެންޓް ބާއްވާނެ ތަނަކާއި ތާރީހެއް ފަހުން އިއުލާނުކުރާނޭކަމަށް ސަރފިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް