ads
ވައްކަން ކޮށްފައިވާ ޓްރާންސްފޯމަރެއް
މިއަހަރުވެސް މާލޭގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓު
މިއަހަރު މިހާތަނަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމާއި އެކްސިޑެންޓުގެ މައްސަލަތައްކަމަށް، މާލޭ ސިޓީ ޕޮލިހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އެގޮތުން ވައްކަމުގެ 73 މައްސަލައާއި އެކްސިޑެންޓުގެ 53 މައްސަލަ ހުށަހެޅިފައިވެއެވެ.

މާލެއާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެފައިވާތީ، މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބްރިޖުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ސައިކަލު ބޭނުންކޮށްގެން ބްރިޖް ޕެޓްރޯލްކުރަން ވެސް ފަށާފައިވެއެވެ.

މީގެ އިތުރުން މިއަހަރު މިހާތަނަށް މަސްތުވާތަކެތީގެ 27 މައްސަލައާއި، ތަކެއްޗަށް ގެއްލުން ދިނުމުގެ 26 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ހިޔާނާތުގެ 12 މައްސަލައާއި، ފޭރުމުގެ 9 މައްސަލަ ވެސް ހުށަހެޅިފައިވެއެވެ.

ފާއިތުވި އަހަރު މާލޭގައި ޖުމުލަ 5،242 މައްސަލަ ހުށަހެޅުނު އިރު، އޭގެ ތެރެއިން 2،290 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި 2،025 މައްސަލައަކީ އެކްސިޑެންޓުގެ މައްސަލަތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް