މި އެކްސްޕޯ އިންތިޒާމްކުރާ މީޑިއަމް އިވެންޓްސްއިން ބުނީ މިހާރު އެކްސްޕޯގެ ހުރިހާ ތައްޔާރީތަކެއް ވަނީ ފުރިހަމަކޮށްފައި ކަމަށެވެ.
މިއަހަރު ބާއްވާ މެރިން އެކްސްޕޯއަކީ 10 ވަނަ މެރިން އެކްސްޕޯ ކަމަށްވާއިރު، މިއަހަރުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ. އަދި އެހެން ޕާޓްނަރުންނާއެކުވެސް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މެރިން އެކްސްޕޯގައި ބޯޓު ބިލްޑަރުންނާއި، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތަކާއި، ބޯޓުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ފަރާތްތަކާއި، މަސްވެރިކަމުގެ ދާއިރާގެ އެކި ފަރާތްތައް ބައިވެރިވާނެއެވެ. މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބޯޓިން ސިނާއަތުގެ ހުރިހާ ފަރާތްތަކެއް އެއްތަނަކަށް ޖަމާކޮށް، އެ ދާއިރާގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.