ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ހިސާބުތަކުން ފެންނަ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާ އިން 15,077 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިހާ ތަނަށް އެކިއެކި ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތުން 12.8 އިންސައްތަ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިޓަލީން ވަނީ 12,560 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.
މި ނިމުނު 2024 ވަނަ އަހަރު އެންމެ މަތީގައި އޮތް ޗައިނާ މިހާރު ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. އެގައުމުން 11,560 ފަތުރުވެރިން (9.8%) ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން ރާއޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެތެރޭގައި
މި ހިނގާ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 18 ދުވަހުގެ ތެރޭގައި، ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.7 އިންސައްތަ ވަނީ އިތުރުވެފައެވެ.
ހިސާބު ތަކުން ދައްކާގޮތުގައި، މި ހިގަމުންދާ ޖެނުއަރީ 18 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް 117,532 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ހައި ސީޒަން ނިމިގެން ދާއިރު ރާއޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް އަދަދަކަށް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.