ފަހި ދުވަސް ހުޅުވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކާ އެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.
މި ހަރަކާތަކީ ޔުނިވާސިޓީގެ ކޯސްތަކަށް އަލަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.
ކުޅުދުއްފުށީ ކެމްޕަހުގައި ބާއްވާ ފަހި ދުވަހުގެ ހަރަކާތް އޮންނާނީ މިއަދު ހެނދުނު 9:00 -12:00 | 16:15 - 18:00 | އަދި 20:15 - 22:00 އަށެވެ.
މި ހަރަކާތުގެ ތެރެއިން އޭލެވެލާއި އެ ނޫން ވެސް ޔުނިވާސިޓީން ބަލައިގަންނަ ނަތީޖާ ލިބިފައިވާ ދަރިވަރުންނަށް ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފޯމު ފުރައިދިނުމާއި ބަލައިގަތުން ވެސް ކުރިއަށް ދާނެ ކަަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
ކެރިއާގައިޑެންސް އާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ މައުލޫމާތު ލިބިގެންދާނެ އެވެ.
އޭގެ އިތުރުން މި އިވެންޓްގައި ވިޒިޓަރުންގެ މެދުގައި ގުއަތުން ނެގޭ 3 ބޭފުޅަކަށްވަރަށް އަގު ހުރި ސްޓޭޝަނަރީ ގިފްޓްޕެކްސް ތަކެއްވެސް ލިބިގެންދާނެއެވެ އަދި އެކިކަހަލަ ގޭމް އެކްޓިވިޓީސްތައް ވެސް ކުރިޔައްދާނެއެވެ