ފުލުހުން ބުނީ ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހދ. ނޮޅިވަރަންފަރުން ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މިހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފަތުރުވެރިއަކަށް ޖިންސީ ގޯނާކުރި މައްސަލަ އެ އިދާރާއަށް ރިޕޯޓް ކުރީ އިއްޔެ މެންދުރު 2:45 ހާއިރުކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކުރި މީހާ ގޯނާކޮށްފައިވަނީ ނޮޅިވަރަންފަރުގައި ފަތުރުވެރިންނަށް ހާއްސަ ބީޗުގައި އިން ފަތުރުވެރިއަކަށްކަމަށްވެސް ފުލުހުން ބުނެއެވެ.
މި އްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.