ads
ލޯކަލް ގަވަމަންޓް މިނިސްޓާ އާދަމް ޝަރީފް
ކައުންސިލްތަކުގެ 71 ޕަސަންޓް 2 އަހަރު ތެރޭ އާ އިމާރާތްތަކަށް ބަދަލުކުރަނީ
ކައުންސިލް އިމާރާތްތައް އާކުރުމަށް 36 މިލިއަން ޑޮލަރު ހޭދަކުރާގޮތަށް ނިންމައިފިއެވެ.
Advertisement

މި މަޝްރޫއުގެ ދަށުން 55 ކައުންސިލެއްގެ އިމާރާތް އާކުރެވޭނެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އަދި މި މަސައްކަތް ނިންމުމަށް ރޭވިފައިވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެއް ފަންގިފިލާގެ އިމާރާތްތައް އަހަރެއްގެ ތެރޭގައި ނިމޭނެއެވެ. އަދި ދެ ފަންގިފިލާގެ އިމާރާތްތައް ދޮޅު އަހަރު ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

ކައުންސިލްތައް ތަރައްގީ ކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެންމެ ދަށް ހާލަތުގައި ހުރި ކައުންސިލްތަކަށާއި، އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ހިދުމަތް ހޯދާ ކައުންސިލްތަކަށެވެ. އަދި ލޮޖިސްޓިކް ގޮތުން އެއްފަހަރާ މަސައްކަތް ކުރިއަށް ގެންދެވޭނެ ސަރަހައްދުތަކަށް އިސްކަންދެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ކައުންސިލްތަކުގެ 71 ޕަސަންޓް އާ އިމާރާތްތަކަށް ބަދަލުކުރެވޭނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް