ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީން ބުނީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަކުރެވުނު ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 14 ދިވެހިން 19 ބިދޭސީންކަމަށްް އެންޑީއެމްއޭއިން ބުނެއެވެ.
މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފއިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި ބިދޭސީ 1 އާއިލާ ވަނީ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައިކަމަށާއި 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;