އެއިދާރާއިން ވަނީ 12 އަތޮޅަކަށް މިއަދު ވައިޓް އެލާޓް ނެރެފަ އެވެ. އެއީ،
މި އަތޮޅުތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް އެލާޓް ވަނީ ނެރެފައެވެ. އެއިދާރާއިން ލަފާކުރާ ގޮތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެން ވެއެވެ. އަދި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ.
ރާއްޖޭގައި ކޮންމެ ޖެނުއަރީ މަހަކުވެސް އާންމުގޮތެއްގައި މިގޮތަށް މޫސުން ގޯސް ވެއެވެ. އެގޮތުން އިއްޔެވެސް ވަނީ ރާއްޖޭގެ އެތައް ރަށަކަށް ބޯކޮށް ވާރޭ ވެހިފައެވެ.
އޭގެތެރެއިން ގދ. ފަރެސް މާތޮޑާ އަށް ވަނީ 129.7 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.