ads
ފުރުޓް ޓްރީ ޕަލަސްގައި އަލިފަން ހިފުން
ދިވެހިންނާއި ބިދޭސީން ހިމެނޭ 22 މީހުންނަށް ވަގުތީ ހިޔާވަހިކަން
މާލޭގައި ހުންނަ ފްރުޓް ޓްރީ އެޕަލް ގުދަނުގައި މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު 22 މީހަކަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
Advertisement

އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ގެއްލުން ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ ފަސް ގޭބިސީއެއްގެ 14 ދިވެހިންނާއި އަށް ބިދޭސީންނެވެ. މި ފަރާތްތަކަށް ކެއިންބުއިމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދެމުން ދަނީ އެންޑީއެމްއޭ އިންނެވެ.

ފަތިހު 4:20 ހާއިރު ހިނގި މި ހާދިސާގައި ޓިނާއި ދަގަނޑުން ހަދާފައި ހުރި ގުދަން ވަނީ މުޅިން އަނދައި ހުލިވެފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ނިމުނީ ހެނދުނު 6:00 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެމްއެންޑީއެފް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، މި ހާދިސާގައި ޖުމުލަ 10 ގޭބިސީއެއްގެ 33 މީހުންނަށް ގެއްލުން ލިބުނު ކަމަށެވެ. މީގެ ތެރެއިން ބިދޭސީ އެއް އާއިލާ ވަނީ އަމިއްލައަށް ވަގުތީ ހިޔާވަހިކަމެއް ހޯދާފައެވެ. އަދި 11 ބިދޭސީންނަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް