ads
ހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އެފްބީއައިގެ ޓީމެއް
ނ.ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އެމެރިކާގެ އެހީ ހޯދައިފިއެވެ.
Advertisement

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ޒަކިއްޔާ މޫސާ ފެނުނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިންނެވެ. އޭނާގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އެގޮތުން ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ކަރުގައި ފަސް ޒަހަމެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ  ޒަކިއްޔާގެ މަރާ ބެހޭ ތަހުގީގަށް އެމެރިކާގެ އެހީ ހޯދަމުން އަންނަކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، ތަހުގީގުގައި ދިވެހި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން މިވަގުތު ހޯދަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ނ. ހޮޅުދޫއަށް ޒިޔާރަތްކޮށް، މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަމަަށްވެސް އެ އިދާރާއިން ބުނެއެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ޒަކިއްޔާ މަރާލާފައިވާ ކަމަށް ބެލެވޭ ހެއްކެއް ހޯދިފައިނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް