
އެންމެ ފަހުން މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިސާބުގެ މިންވަރަށް ބަދަލުގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު 10 ގައެވެ. އޭރު ޒަަކާތުގެ ނިސާބު ކުޑަކުރީ 9353.40 ރުފިޔާއިން 9240.35 ރުފިޔާއަށެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންކަމުން އިއްޔެ އިސްލާމިކް މިނިސްޓްރީން ވަނީ މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބުގެ މިންވަރަކީ މިހާރު 8،800 ރުފިޔާ ފަސް ލާރި ކަމަށް ކަނޑައަޅާފައެވެ. އެއީ ރިހި ގުރާމަކަށް 14.79 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ އަދަދެވެ.
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101 މިލިއަން ނުވަ ލައްކަ ތިރީސްނުވަހާސް ހަތްދިހަ ރުފިޔާ 15 ލާރި ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މީ ރާއްޖޭގެ ތާރީހުގައިވެސް އެއް އަހަރެއްގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބުނު ފަހަރުކަމަށެވެ.