ads
ގދ. ތިނަދޫގައި 50 ފްލެޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ހައުސިން މިނިސްޓްރީ
ތިނަދޫ 50 ހައުސިން ޔުނިޓް މަޝްރޫއު އާއި މަގު ހަދަން ފަށައިފި
ގދ. ތިނަދޫގައި އަޅާ 50 ފްލެޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
Advertisement

އެ ދެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި އެ ރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތިނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާ އެވެ.


މި މަޝްރޫއުގެ ދަށުން ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތިނަދޫގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ. މަޝްރޫއުގެ މަސައްކަތުގެ މުއްދަތަކީ 450 ދުވަހެވެ.

ތިނަދޫގެ 200 ރޯހައުސް އިމާރާތްކުރަން ފެށީ މިދިޔަ ސަރުކާރުގައި 2022 ވަނަ އަހަރެވެ. އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ ޖަނަވަރީ 28ގައި ތިނަދޫ ކައުންސިލުން ހުޅުވާލައިފައެވެ. އެކަމަކު، އެއީ ހުއްދަ ނުނަގާ ކުރި އިއުލާނެއް ކަމަށް ބުނެ، މިނިސްޓްރީން އެ އިއުލާން ބާތިލުކުރިއެވެ.

އެއަށްފަހު، އެ ޔުނިޓްތަކަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;