ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު
އީރާނަށް ދޭން އުޅުނު "ބައެއް" ހަމަލާތައް އެމެރިކާއިން ފަސްކޮށްފި
އީރާންގެ ކަރަންޓު އުފައްދާ ތަންތަނާއި ހަކަތައިގެ ވަސީލަތްތަކަށް އެއްވެސް ހަމަލާއެއް ނުދީ ފަސް ދުވަސް ވަންދެން މަޑު ކުރުމަށް އަސްކަރިއްޔާއަށް އަމުރު ކޮށްފިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

މީގެ ކުރިން ޓްރަމްޕް ވަނީ ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާފަ އެވެ. އަދި އެކަން ނުކޮށްފިނަމަ އީރާނުގެ ކަރަންޓު އުފައްދާ ނިޒާމުތައް ގޮއްވާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ ދެ ދުވަހު ވޮޝިންޓަނާއި ތެހެރާނާ ދެމެދު "ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭ ފަދަ" މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. މި މަޝްވަރާތައް ބިނާވެފައިވަނީ "މެދުއިރުމަތީގައި އުފެދިފައިވާ ދެކޮޅުވެރިކަމަށް ފުރިހަމަ އަދި ދާއިމީ ހައްލެއް" ހޯދުމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ ނަތީޖާ ފެންނަންދެން ހަމަލާތައް މަޑުޖައްސާލުމަށް ޑިފެންސް މިނިސްޓްރީގައި ބުނެފިން" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕު ސިފަކުރެއްވި ގޮތުގައި އީރާންގައި ތިއްބެވި "ސަބަބުވެރި" އަދި "އިހުތިރާމް ލިބިގެންވާ" ބައެއް ފަރާތްތަކާ އެމެރިކާއިން ގުޅުން ބާއްވަމުން އަންނަ ކަމަށެވެ.

މީގެ ކުރިން އިރާނުގެ ނޭޝަނަލް ޑިފެންސް ކައުންސިލުން ވަނީ، އިރާނުގެ އައްސޭރިފަށަށް ނުވަތަ ރަށްތަކަށް ހަމަލާދޭން ކުރާ ކޮންމެ މަސައްކަތެއްގެ ރައްދުގައި ޕާޝިއަން ގަލްފުގެ ހުރިހާ މުވާސަލާތީ ލައިންތަކެއްގައި މައިން ވަޅުލާނެ ކަމުގެ އިންޒާރު ދީފައެވެ

ނަމަވެސް އީރާނުގެ ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށެވެ. ނަމަވެސް ސަރަޙައްދީ ޤައުމުތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.  


ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ މި ހަމަނުޖެހުންތަކުގައި މިހާތަނަށް 1900އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

މީގެ އިތުރުން، ތަކެތީގެ އަގު އުފުލުމާއި ގަލްފުގެ ގައުމުތަކުގައި ހުރި ފެން ސާފުކުރާ ނިޒާމުތައް ފަދަ މުހިންމު ވަސީލަތްތަކަށް ލިބިދާނެ ގެއްލުމަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;