ads
ފަނޑިޔާރު ޝުއައިބު ލިޔުއްވާފައިވާ ފޮތް ހަދިޔާ ކުރެއްވުން
ފަނޑިޔާރު ޝުޢައިބު ލިޔުއްވާފައިވާ އިލްމީ ފޮތެއް ނެރެފި
މިހަފްތާ ތެރޭ އަވަހާރަވި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ލިޔުއްވާފައިވާ އިލްމީ ފޮތެއް އެ މަނިކުފާނުގެ އާއިލާގެ ފަރާތުން އާއްމުކޮށް ނެރެފި އެވެ.
Advertisement

ފަނޑިޔާރު ޝުއައިބު އަވަހާރަވުމުގެ ކުރިން ލިޔުއްވާފައިވާ ލިޔުއްވި ފޮތުގެ ނަމަކީ "އިލްމުލްއިޖުރާމު ވަލްއިގާބު" އެވެ. މި ފޮތަކީ ކުށާއި އުގޫބާތުގެ އިލްމާ ގުޅޭ ގޮތުން ފަނޑިޔާރު ޝުއައިބު ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތުގައި މަރްހޫމް ޝުއައިބު ލިޔުއްވާފައިވާ ގޮތުގައި ކުށާއި އުގޫބާތުގެ އިލްމަކީ، މުޖުތަމުގައި ހިނގާ ކުށުގެ ހާދިސާތަކުގެ ސަބަބުތައް ހޯދައި އެކަންކަމުގެ ފަރުވާ ދެނެގަތުމަށް ޝައުގުވެރިވާ ކޮންމެ މީހަކަށްވެސް އެނގުން މުހިއްމު އިލްމެކެވެ.

ފަނޑިޔާރުގެ ޝުއައިބުގެ މި ފޮތުގައި ހިމެނެނީ ތިން ބާބެވެ. އެއީ، އިލްމުއިޖްރާމްގެ މަހްފޫމާއި، ކުށަށް އަރައިގަތުމުގެ ނަޒަރިއްޔާތު އަދި އިލްމު އިގާބުގެ މަހްފޫމެވެ. މި ފޮތުގައި ޝުޢައިބު ލިޔުއްވާފައިވާ ގޮތުގައި މިއީ ފަނޑިޔާރުންނާއި ފުލުހުންނާއި އަދި ގާނޫނީ ވަކީލުންނަވެސް އެނގުން ވަރަށް މުހިއްމު އިލްމެކެވެ. މި ފޮތުގައި ޝުއައިބު މައިގަނޑު ގޮތެއްގައި ހަވާލާ ދެއްވާފައިވަނީ އަރަބި ބަހުން ލިޔުއްވާފައިވާ މުހިއްމު ފޮތްތަކަށެވެ. ފަނޑިޔާރު ޝުއައިބުގެ އާއިލާގެ ފަރާތުން ވަނީ އެ ފޮތް ޝަރުއީ ކޯޓުތަކަށް މިއަދު ހަދިޔާވެސް ކޮށްފަ އެވެ.

ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ގައުމަށް އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ޖަސްޓިސް ރިޓަޔަޑް ޝުއައިބު ހުސެއިން ޒަކަރިއްޔާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ފަނޑިޔާރު ޝުއައިބު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރު ކަމުގައި ގައުމަށް މުހިއްްމު ހިދުމަތްތަކެއް ކުރައްވާފަ އެވެ. ޝުޢައިބު ހުސައިން ޒަކަރިއްޔާއަކީ، ގަތަރުގެ ޤަޠަރު ޔުނިވަރސިޓީ އިން ޤާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް