ފޭސް ބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ނިއުމާ ބުނީ ރަށް ބަދަލުކުރަން ނިންމީ ދަރިފުޅުގެ ތައުލީމީ ކަންކަމަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ބުނެފައިވެއެވެ.
ނިއުމާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދަރިފުޅު ސްކޫލަށާއި ޓިއުޝަނަށް ގެންދިއުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި މި ނިންމުން ނިންމަން ޖެހުނު ކަމަށެވެ. އަދި މިއީ އޭނާގެ ދަރިފުޅުގެ މުސްތަގުބަލަށްޓަކައި ނިންމަން ޖެހުނު ނިންމުމެއް ކަމަށްވެސް ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، މި ބަދަލާއެކު ދަރިފުޅަށް އެހީތެރިވެދޭނެ ފަރާތްތަކެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ދަރިފުޅު ސްކޫލަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އެހީތެރިވާނެ ފަރާތްތަކެއް ތިބުމަކީ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް ބުނެފައިވެއެވެ.