ads
އެސްއެމްއީ ހަބް އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރެއްވުން
ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީއަކަށް ވިޔަފާރިއެއް ނުހިންގޭނެ: މިނިސްޓަރު ސައީދު
ދިވެއްސެއްގެ ނިވަލުގައި ފިލައިގެން އަމިއްލަ ވިޔަފާރި ހިންގާ ބިދޭސީއަކަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށާއި، މިފަދަ އަމަލުތައް ހުއްޓުވުމަށް އެންމެން އެއް ރޫހެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ޒަމާންވީ މައްސަލައެކެވެ. އެހެންކަމުން، މިފަދަ ވިޔަފާރިތައް ދެނެގަނެ އެކަން ރިޕޯޓްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ސަރުކާރުގެ މަސައްކަތަށް ލިބުނު އިތުރު ބާރެކެވެ. އަދި މިފަދަ ކޮންމެ މައްސަލައެއްވެސް ހައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް މި ސަރުކާރުން ވަނީ ގާނޫނީ ބާރުވެރިކަން އިތުރުކޮށްފައެވެ. އެގޮތުން 46 އަހަރު ވެފައިވާ ފޮރިން އިންވެސްޓްމަންޓް ގާނޫނު އުވާލައި، މާޒީގެ ތަޖުރިބާތަކުގެ އަލީގައި މައްސަލަތައް ހައްލުކުރެވޭނެފަދަ ހަރުދަނާ އާ ގާނޫނެއް ވަނީ އެކުލަވާލާފައެވެ. މިނިސްޓަރު ވިދާޅުވީ، އަންނަ ހަފުތާއިން ފެށިގެން މި މަސައްކަތް ހަލުއިވެ، ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް