ނިއުމާ މާލެ ދޫކޮށް އެހެން ރަށަކަށް ބަދަލުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެން އަލީ ރަމީޒު ވަނީ ފިލްމާއި މިއުޒިކަކީ "މުޑުދާރު" ކަންކަން ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އަދި އެފަދަ ކަންކަމުން މީހުންގެ ލޯބި ލިބޭނެކަމަށް ހީވުމަކީ ޝައިތާނާގެ ވަސްވާހެއް ކަމަށްވެސް ބުނެފައިވެއެވެ.
ނިއުމާ އިތުރަށް ބުނެފައިވަނީ، އޭނާއާ ގުޅޭ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ދީނީ އިލްމުވެރިން ކަންކަން ވާނުވާ އެނގިގެން ވާހަކަދެއްކުމަށެވެ. އަދި އޭނާއާ ގުޅޭ ވާހަކަތައް ދައްކައި "ނުބެހުމަށް" ވެސް އެދިފައިވެއެވެ.