ފުލުހުން ބުނީ ޓޯކުރި އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ވަނީ ނައްތާލާފައިވާކަަމަށެވެ.
މި ގޮތުން މިއަދު ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 378 ސައިކަލާއި ހަތަރު ފުރޮޅުލީ 40 އުޅަނދުގެ އިތުރުން 28 ބައިސްކަލްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ނައްތާލި ވެހިކަލްތައް
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ހުރި އުޅަނދުތައް ނެގުމަށް ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ފަށާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާ ކަމާއި ގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން ހިންގި މި ޕްރޮގްރާމްގައި 400 ގާތްކުރާ އަދަދަކަށް އެ ފަހަރު އުޅަނދުތައް ވަނީ ނަގާފައެވެ.