މި ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އެއްފަހަރު، އަގުބޮޑު އާ ސައިކަލެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލެވުނެވެ.
މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހޮންޑާ ރެބެލް ސައިކަލުގެ ނަސީބުވެރިޔާ އިބްރާހިމް އަފްރާއަށް، ހުޅުމާލޭ ރުއްގަނޑުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައި އިނާމު ހަވާލުކުރެވުނެވެ. މި ޕްރޮމޯޝަންގެ ދަށުން އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ދޫކުރެވިފައިވެ އެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ޕްރޮމޯޝަންގައި، ކޮންމެ ތިން ދުވަހަކުން އެއްފަހަރު ކަސްޓަމަރުންނަށް ސައިކަލެއް ކާމިޔާބުކުރުމުގެ ފުރުސަތު ދެވުނެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް މަތީ ސްޕީޑާއި ދަށް ލޭޓެންސީއެއްގައި ކަނެކްޓިވިޓީ އިތުރުކޮށްދޭ، އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮމޯޝަނެކެވެ.