
އިންޑިއާ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓް (އޭއައިޔޫ) ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ މި މައްސަލާގައި ނާމުލް ހަސަން ނަމަކަށް ކިޔާ 24 އަހަރުގެ އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލާފފގައި މަތިންދާ ބޯޓުގައި ރަން ފޮރުވާފައި ހުރީ ކޮތަޅަކަށް ލާފައި ޕްލައިޓް ފާހާނާގެ ލައިޓް ޕެނަލް ތެރެއަށް ލާފައި ފޮރުވާފައި ހުއްޓާކަމަށް އޭއައިޔޫ އިން ބުނެއެވެ. މި ތަކެތީގެ އަގު 2.1 ކްރޯ (3.7 މިލިއަން ދިވެހި ރުފިޔާ) އަރާކަމަށްވެސް އޭއައިޔޫ ބުނެެއެވެ. މި ރަންތައް ފރުވާފައި ހުރީ 13 ކޮތަޅެއްގައި ބަންދުކޮށްފައިކަމަށްވެސް އޭއައިޔޫ ބުނެއެވެ.
މި މައްސަލައިގެ ތަހުގީގުގައި މި ތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނުކަމަށް އޭނާ އެއްބަސްވެފައިވާކަމަށް އޭއައިޔޫ ވަނީ ބުނެފައެވެ. އަދި މީނާ މިތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ އެއާޕޯޓްގެ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށް ބެލެވޭކަމަށްވެސް އޭއައިޔޫ ބުނެެއެވެ.