ads
ސިވިލް ކޯޓު
ފެނަކައިގެ މައްޗަށް 28 މިލިއަން ރުފިޔާގެ ހުކުމެއް
އަމިއްލަ ކުންފުންޏަކަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމެއް ކޮށްފި އެވެ.
Advertisement

އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28 މިލިއަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަކީ، ދިމަހް ކުންފުނިން ކުރި މަސައްކަތަކަށްވާ 31 މިލިއަން ރުފިޔާ ފެނަކަ އިން ހޯދުމަށް ކުރި ދައުވާގެ ހުކުމެވެ. އެ ފައިސާގެ ތެރެއިން ފެނަކަ އިން މިހާތަނަށް ދީފައި އޮތީ އެންމެ ތިން މިލިއަން ރުފިޔާ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ނިންމި މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި ފެނަކަ އިން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެކަމަށް ކޯޓުން ދިން މުއްދަތުގައި ފެނަކަ އިން އެއްބަސްވި ގޮތަށް ހައްލުތަކެއް ނުވާތީ ދިމަހް ކުންފުނިން ވަނީ ޝަރީއަތުން މައްސަލާގައި ގޮތެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން އެނގޭ ގޮތުގައި ދިމަހް ކުންފުނީގެ ބޯޑުގައި ތިބެނީ ތިން މީހުންނެވެ. އެއީ، އެމްޑީ އަހްމަދު ސިނާޒްގެ އިތުރުން އަމްޖަދު އިސްމާއިލް ކިޔާ މީހާކާ ސުރާ ހާމިދު އިސްމާއީލް އެވެ.

ފެނަކަ އިން ވެސް ވަނީ ދިމަހް ކުންފުނިން އެދޭ ގޮތަށް މައްސަލާގައި ހުކުމް ނެރެދިނުމަށް އެދޭ ކަމަށް ކޯޓުގައި ބުނެފަ އެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދިމަހް ކުންފުންޏަށް ދޭން ޖެހޭ 31 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކާ އޮތް 28 މިލިއަން ރުފިޔާ 11 މަހަށް ބަހާލައިގެން ދައްކާށެވެ.

ފެނަކައަށް މީގެކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް ސިވިލް ކޯޓުން އިއްވާފައިވެ އެވެ. އެ ކުންފުންޏަކީ އެންމެ ބޮޑަށް ދަރާފައި އޮތް ސަރުކާރު ކުންފުންޏެވެ.

ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް އަންނަ ރޯދައިގެ ކުރިން ދައްކާނެ ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް