ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 178،151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެވަރެޖްކޮށް ދުވާލަކު 6،852 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފަތާގެ ހޮނިހިރު ދުވަހަކީ އެއް ދުވަހެއްގައި 2025 ގައި މިހާ ތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އެ ދުވަހު 9،199 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އެގޮތުން އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެގިނައިން ފަތުރުވެރިން އައިސްފައިވާ 10 ގައުމުގެ ތެރޭގައި ހިމެނެނީ
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.3 ޕަސެންޓް (123،531) ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 25.8 ޕަސެންޓް (45،821) ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
މީގެ އިތުރުން ހޮޓާތަކުގައި 4،380 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 4،354 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.