ads
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން މުހައްމަދު
ގެންނަ ހާފިޒުންނާއި ގާރީންނަށް ވިސާ ދޫކުރާނެ އުސޫލު އާންމުކޮށްފި
ކުރިއަށް އޮތް 1446 ވަނަ އަހަރުގެ ރޯދަ މަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް ރާއްޖެއިން ބޭރުގެ ޙާފިޛުންނާއި ޤާރީން ގެނައުމަށް ވިސާ ދޫކުރާނެ އުސޫލު އިމިގްރޭޝަނުން އާންމުކޮށްފި އެވެ.
Advertisement

މި ފުރުސަތު ހުޅުވާލާފައިވަނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

ގެންނަން ބޭނުންވާ ހާފިޒުންނާއި ގާރީންގެ ވިސާއަށް އެދި ހުށަހެޅުމުން ހާމަކޮށްފައިވާ  ޝަރުތުތައް ފުރިހަމަވާ ގާރީންނާއި ހާފިޒުންނަށް އަންނަ ދުވަހުން ފެށިގެން 45 ދުވަހުގެ ހާއްސަ ވިސާއެއް ހަމަޖެހޭނެއެ އެވެ .

މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ’ސްޕެޝަލް ވިސާ' އަށް އެދި ފޯމު ހުށަހަޅަންވާނެ އެވެ. އަދި ހުށަހަޅާ އެޕްލިކޭޝަންތަކަށް ވިސާ ދޫކުރުމާމެދު ނިންމާ ގޮތުގެ މަޢުލޫމާތު، އެޕްލިކޭޝަން ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށް) ’އިމުގާ‘ ޕޯޓަލްއިން އަދާހަމަކުރެވޭނެ އެވެ.

ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާއިރު، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ އިތުރުން، ސްޕެޝަލް ވިސާއަށް އެދޭ ފޯމާއި، ވިސާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު، އަދި ބިދޭސީ ފަރާތުގެ ޕާސްޕޯޓުގެ ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީ ހުށަހަޅަންޖެހޭނެކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް