ads
ގަވައިދާ ހިލާފަށް ބޭރުގެ ބޯޓެއް މަސްވެރިކަން ކުރާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ..
ކަނޑުމަތިން ފެންނަ ބޯޓްތަކަށް ނާރަން ބާރަށު ރައްޔިތުންނަށް އިލްތިމާސްއެއް
ކަނޑުމަތިން ފެންނަ ހާ ބޯޓަކަށް ނާރަން ބާރަށު ރައްޔިތުންނަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
Advertisement

ބާރަށު ކައުންސިލުން އެރަށށުގެ މަސްވެރިންނަށް ނެރެފައިވާ އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް ރާއްޖޭގެ މަސްވެރިންގެ އުޅަނދު ފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާކަމެވެ. 

މިފަދަ ގޮތްނޭނގޭ އުޅަނދުފަހަރުގައި ނުރައްކާތެރި ކުށްވެރިން މަދުންނަމަވެސް ތިބޭކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ފާހަގަކޮށް އެކަން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވާކްސް އިން އަންގާފައިވާކަމަށް ބާރަށު ކައުންސިލުން ބުނެއެވެ.

އެހެންކަމުން މިފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް ގުޅުމަށް ކައުންސިލުން ވަނީ ލަދާފީފައެވެ. އެގޮތުން އެމްއެންޑީއެފްގެ ފޯން ނަންބަރު 3395981 ނުވަތަ ކޯސްޓްގާޑުގެ ހޮޓްލައިން 191 ގުޅާ މައުލޫމާތު ހިއްސާކުރުމަށް ކައުސިލުން ވަނީ އެދިފައެވެ. އަދި މީގެއިތުރުން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިކަމާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްވެސް މަސްވެރިންނަށް ވަނީ އަންގާފައެވެ. 

ރާއްޖޭގެ ސަރަހައްދުން ގޮތް ނޭގޭ އުޅަނދުތައް ފެނިފައިވާއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި އުފަލަމުން ދިޔަ ބޯޓެއްވެސް ރާއްޖޭގެ ސަރަހައްދުން ވަނީ ދާދީ ފަހުން އަތުލައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް