
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުރި ހިސާބުތައް ދައްކާ ގޮތުން އެމްއާރުއެމްގައި ތިބީ 1،867 މެމްބަރުންނެވެ.
އެމްއާރުއެމް އުވާލަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓިއަށް އެންމެ ފަހުން އެންގީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހުއެވެ. އަދި އެދުވަހުން ފެށިގެން 30 ދުވަހުގެތެރޭގައި ޕާޓީގައި ހުރިއްޔާ ހުރި މުދަލާއި ދަރަންޏާއި މެދު ޤާނޫނުގައި ވާގޮތުގެ މަތިން އަމަލު ކުރުމަށްފަހު އެކަން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށްވެސް އެމްއާރުއެމަށް އީސީން އެދުވަހު އެންގިއެވެ.
އީސީން އެންމެ ފަހުން އާއްމުރި ސިޔާސީ ޕާޓިގެ ދަފްތަރުގައިވާ ގޮތުން އެންމެ މެމްބަރުން ގިނައީ ވެރިކަންކުރާ ޕީއެންސީގައެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 68،968 އެވެ. މިދިޔަ އަހަރު ފެށުނު އިރު އެޕާޓީގެ މެމްބަރުންގެ އަދަދަކީ 28،704 އެވެ. މިިދިޔަ އަހަރުގެ ނިމެންދެން ޕީއެންސީ އޮތީ ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓުގެ ގޮތުގައެވެ.
ދެވަނަ އަަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އިލެކްޝަނުން އަލަށް އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފެށުނު އިރަށްވުރެ އަހަރު ނިމުނު ިއރު އެޕާޓުން ވަނީ މެމްބަރުން މަދުވެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އިލެކްޝަންގެ ދަފްތަރުގައި އެމްޑިޕީގައި 50،851 މެމްބަރުން ތިބިކަމަށް ދައްކައެވެ. އެހެންނަމަވެސް މިހާރުވެސް 43755 މެމްބަރުންނެވެ.
ތިންވަނައަށްް އެންމެ މެމްބަރުން މިހާރު ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުގެ މިހާރުގެ އަދަދަކީ 13826 އެވެ.