ads
ފޮޓޯ: އެމްޓީސީސީ
ރޯދައިގެ ކުރިން އާރްޓީއެލްގެ ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ހަވާލުކުރަނީ
ރޯދައިގެ ކުރިން އާރްޓިއެލްގެ ފެރީ ޓާމިނަލްތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލު ކުރެއްވުމަށް ރައީސް ޑރ. މުހައމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށް ލޯކަލް ގަވަމަންޓު މިނސްޓަރު އާދާމް ޝާރީފް އުމަރު ވިދާޅުވެއްޖެއެވެ.
Advertisement

އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރަށްރަށުގައި އެމްޓިސީސީ ގެ އެހީތެރިކަމާއެކު ހަދާފައިވާ ފެރީ ޓާމިނަލްތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލު ކުރެއްވުމަށާއި ރޯދައިގެ ކުރިން އެކަން ނިންމުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށް ފާހަަގަކޮށްފައެވެ.

ރައީސް އެފަދައިން އެމްޓީސީސީއަށް އިރުޝާދުދެއްވާފައި މިވަނީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ 40 ހަކަށް ރަށުގައި އާރްޓިއެލް ފެރީ ޓާމިނަލް އެމްޓީސިސީން ހަދައި އެއާ ހަވާލުނުވެ ނުވަތަ ހިންގަން އަދި ފެށިފައި ނުވާކަމަށެވެ. 

"40 ވުރެ ރަށުގަ މިހިރީ ފެރީ ޓާމިނަލްތައް އެގޮތަށް ހުރެ ވީރާނަ ވެގެން ދިޔުމުގެ ބަދަލުގައި އެތަން ތަން ކައުންސިލް ތަކާ އެގްރީމަންޓްކޮށް، ހަވާލުކުރުމަކީ އެމްޓީސީސިން ކުރިއަށް ގެންދާނެ ކަމެއް ކަމުގައި ، އަޅުގަނޑު އުއްމީދި ކުރަން އެމްޓީސީސީން މިއަންނަ ފެބްރުއަރީ މަސް ނިމެންވާއިރަށް ހުރިހާ ރަށެއްގެ ފެރީ ޓާމިނަލްތައް ހަވާލުކޮށްދޭނެ ކަަމަށް" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން އޭގެ ސަބަބުން ކައުންސިލްތަކަށް ފެރީ ޓާމިނަލްތައް ހިންގާ ބެލެހެއްޓޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް