
ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި މި ހާއްސަ ލޯންޗު އިވެންޓްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފަ އެވެ.
ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައިވަނީ ސެމްސަންގް ސްރީލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓާ، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މަކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.
މިރްޝާން އިތުރަށް ވިދާޅުވީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެވެސް ވުރެ ވެސް ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗަ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެ ރަސްމިޔާތުގައި ސެމްސަންގް ސްރީލަންކާ އަދި ހިރާއްޖޭގެ މެނޭޖިންގ ޑިރެކްޓަރު، ސެންގްވާ ސޯންގް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ސެމްސަން ފޯން ބޭނުންކުރާ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މި ރީޖަންގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަަމަށެވެ. އޭގެއިތުރުން 2015 ވަނަ އަހަރުން ފެށިގެން ދިރާގާއި ސެމްސަންގާއި ދެމެދު ގާއިމްކޮށްފައިވާ ޕާޓްނަޝިޕްއަށްވެސް އޭނާ އަލި އަޅުއްވައިލެއްވި އެވެ.
ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އައު ފީޗަރތަކެއް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި، އޭ-އައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ. މި ފޯންތަކުގައި ހިމެނޭ އިތުރު ފީޗަތަކަށް ބަލައިލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކުއަލިޓީ އިތުރަށް ރަނގަޅުވެ، ފޯނުގައި ހިމެނޭ 5000 އެމް.އޭ.އެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.
މީގެ އިތުރުން، ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް މި ފޯނުގައި ވަނީ "ސްނެޕްޑްރެގަން 8 އެލީޓް ޗިޕް" ހިމަނައިފަ އެވެ. މިއާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.
ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އެ ފަރާތްތައް ބާރުވެރިކުރުމަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ